ޤިޔާމަތްވުމުގެ ޢަލާމާތްތައް

ހަމަކަށަވަރުން ﷲ ތަޢާލާ، މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރިސާލަތާއިގެން މި އުންމަތަށް ފޮނުއްވާފައިވަނީ އުންމަތަށް އުފާވެރިކަމުގެ ޚަބަރު ދެއްވަވާ ބޭކަލެއްގެ ގޮތުގަޔާއި ގަދަފަދަ ޢަޛާބުން އުންމަތަށް އިންޒާރުކުރައްވަވާ ބޭކަލެއްގެ ގޮތުގައެވެ. ފަހެ އެކަލޭގެފާނުވަނީ ހަވާލުކުރެވުނު ރިސާލަތު އެންމެ ފުރިހަމަގޮތުގައި ބަޔާންކޮށްދެއްވާފައެވެ. އަދި އެކަލޭގެފާނުގެ ކޮނޑުފުޅުގައި އެޅުނު އަމާނާތް އެންމެ ފުރިހަމަގޮތުގައި އަދާކުރައްވާފައެވެ. ހުރިހާ ހެޔޮކަމެއްގެ މަގު އުންމަތަށް ދައްކަވައި، އަދި އެންމެހާ މުންކަރާތްތަކުން އުންމަތަށް އިންޒާރުދެއްވާފައެވެ.

މި އުންމަތަކީ އެންމެފަހުގެ އުންމަތަށްވީހިނދު، އަދި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަކީ ނަބީކަމާއި ރަސޫލުކަން ޚަތިމުކުރެއްވި ކަލޭގެފާނަށްވީހިނދު، ﷲ ތަޢާލާވަނީ ޤިޔާމަތުގެ ޢަލާމާތްތައް މިއުންމަތުގެ ޒަމާނުގައި ފާޅުކުރެއްވުމަށް ޚާއްޞަ ކުރައްވަވާފައެވެ. އެކަލޭގެފާނަށްފަހު ޤިޔާމަތުގެ ޢަލާމާތްތައް ބަޔާންކޮށްދެއްވާނެ ނަބިއްޔަކުވެސް އަދި ރަސޫލަކުވެސް ނުވާނެކަމުން، އެކަމުގެ މަސްއޫލިއްޔަތު ﷲ ތަޢާލާވަނީ އެއިލާހުގެ ރަސޫލާގެ ކޮނޑުފުޅުގައި އަޅުއްވަވާފައެވެ. ދެންފަހެ އެކަލޭގެފާނުވަނީ އެންމެ ފުރިހަމަ ގޮތުގައި އެމަސްއޫލިއްޔަތު އަދާކުރައްވަވާ އުންމަތައް އެކަންތައްތައް ބަޔާންކޮށްދެއްވަވާފައެވެ.

ޤިޔާމަތްދުވަހަށް އީމާންވުމަކީ އީމާންކަމުގެ ރުކުންތަކުގެ ތެރެއިން ހިމެނޭ މުހިންމު ރުކުނެކެވެ. އެދުވަހުން އިންސާނާ މިދުނިމަތީގައި ކޮށްފައިވާ ޢަމަލުތަކުގެ ހިސާބު އެންމެ ޢަދުލުވެރިގޮތުގައި ބެލި، ހެޔޮލަފާ ޞާލިހުއަޅުންނަށް ސުވަރުގޭގެ ދާއިމީ ނިޢްމަތް އަދި ނުކިޔަމަންތެރި އަޅުންނަށް ނަރަކައިގެ ވޭންދެނިވި ޢަޛާބުދެވޭނެއެވެ. ޤިޔާމަތްވާނެ ވަގުތަކީ ކޮބައިކަން ހިމެނެނީ ﷲ ތަޢާލާއަށް ޚާއްޞަ ޢިލްމުލްޣައިބުގެ ތެރޭގައެވެ. ނަމަވެސް އެއިލާހުގެ ރަޙްމަތްވަންތަކަމުން ޤިޔާމަތުގެ ވަގުތު ގާތްވެއްޖެކަން އަންގައިދީ އިންޒާރުދޭނެ ޢަލާމާތްތަކެއް އެއިލާހުވަނީ ލައްވަވާފައެވެ. އެޢަލާމާތްތަކަކީ ދުނިޔޭގެ ހެއްލުންތެރިކަމާއި ޒީނަތްތެރިކަމުގެ މަޅީގައިޖެހި އިންސާނާ އާޚިރަތްދުވަސްމަތިން ހަނދާންނެތިފައި ވަނިކޮށް އިންސާނާ ޣާފިލުކަމުގެ ނިދިން ހޭލައްވައި، ތިމާ އަދިދާންޖެހޭ މަންޒިލެއްވާކަމާއި، އެވަގުތު އެބަޖެހޭކަމާއި، އެދުވަހަކަށްޓަކައި މަސައްކަތްކުރަން އެބަޖެހޭކަން ހަނދުމަކޮށްދޭނެފަދަ ޢަލާމާތްތަކެކެވެ. މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ދޫފުޅުން ޤިޔާމަތުގެ ޢަލާމާތެއްކަން ބަޔާންކުރައްވާފައިވާ ކަމެއް ހިނގައި ދިއުމުން އިންސާނާގެ ހިތުގައި ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ބަސްފުޅުގެ ތެދުކަމާއި، ޤިޔާމަތްދުވަހާއިމެދު އޮތް ޔަޤީންކަން އިތުރުވެ ވަގުތުފާއިތުވުމުގެ ކުރިން އެދުވަހަށް ތައްޔާރުވާނެއެވެ. އެހެންނޫނީ އިންސާނާ އެދުވަހުން ވާހުށީ މިފަދައިންބުނާމީހުންގެ ތެރެއިންނެވެ. ((أَنْ تَقُولَ نَفْسٌ يَا حَسْرَتَا عَلَى مَا فَرَّطْتُ فِي جَنْبِ اللَّهِ وَإِنْ كُنْتُ لَمِنَ السَّاخِرِينَ)) الزمر: 56 މާނައީ: “ﷲ ތަޢާލާގެ ޙަޟްރަތަށް (އަދާކުރަންޖެހޭ ވާޖިބުތަކުގައި) މިއަޅާ ފަރުވާކުޑަކުރިކަމަށްޓަކައި މިއަޅާއަށްހުރި ހިތާމައިގެ ބޮޑުކަމާއޭ ތިޔަބައިމީހުންކުރެ މީހަކަށް ބުނަންޖެހިދާނެތީއެވެ. އަދި ހަމަކަށަވަރުން މިއަޅާވީ ފުރައްސާރަކުރާމީހުންގެ ތެރެއިންނެވެ.”

މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޚަބަރުދެއްވާފައިވާ ޤިޔާމަތުގެ ކުދި ޢަލާމާތްތަކުގެ ތެރެއިން ވަރަށް ގިނަކަންތައްތައް ވަނީ ފެނިގެންގޮސްފައެވެ. އެކަލޭގެފާނު ޚަބަރުދެއްވާފައިވާ ޤިޔާމަތުގެ ޢަލާމާތްތައް ޢިލްމުވެރިން ދެބަޔަކަށް ބައްސަވައެވެ. އެއީ ކުދި ޢަލާމާތްތަކާއި ބޮޑެތި ޢަލާމާތްތަކެވެ. އަދި ބައެއް ޢިލްމުވެރިން ތިން ބަޔަކަށްވެސް ބައްސަވައެވެ. އެއީ ފެނިފައިވާ ޢަލާމާތްތަކާއި، އަދި ފެނި ތަކުރާރުވަމުންދާ ޢަލާމާތްތަކާއި، އަދި މިހައިތަނަށްފެނިފައިނުވާ ޢަލާމާތްތަކެވެ.

ޤިޔާމަތުގެ ކުދި ޢަލާމާތްތަކުގެ ގޮތުގައި ޢިލްމުވެރިން ފޮތްތަކުގައި ބައިވަރު ޢަލާމާތްތައް ބަޔާންކުރައްވާފައިވެއެވެ. ނަމަވެސް މިތަނުގައި އަޅުގަނޑު ހުށަހަޅާލަދޭން ޤަޞްދުކުރަނީ އޭގެ ތެރެއިން ޞައްޙަ މަގުންވާރިދުވެފައިވާ ޢަލާމާތްތަކެވެ.

1. މުޙައްމަދުގެފާނު صلى الله عليه وسلم ނަބީކަމާއިގެން ފޮނުއްވުން.

2. މާތް ނަބިއްޔާ މުޙައްމަދުގެފާނު صلى الله عليه وسلم ދުނިޔެދޫކުރެއްވުން.

3. ބައިތުލް މަޤްދިސް ފަތަޙަކުރުން.

4. ޢަމްވާސްގެ ޠާޢޫންގެ ވަބާ ފާޅުވުން. (ޢަމްވާސް އަކީ ފަލަސްތީނުގެ ރަށެކެވެ.)

5. މުދަލާއި ފައިސާ އިތުރުވެގެންގޮސް ޞަދަޤާތް ޤަބޫލުކުރާނެ މީހަކުނުވުން.

6. ފިތުނަ ފަސާދަ ފެތުރި ޢާއްމުވުން.

7. ނަބީކަމަށް ދަޢުވާކުރާމީހުން ފާޅުވުން.

8. ބިންމަތީގައި އަމަންއަމާންކަން ފެތުރުން.

9. ޙިޖާޒުކަރައިން އަލިފާންގަނޑެއް ފައުޅުވުން.

10. ތުރުކީންނާ ހަނގުރާމަކުރުން.

11. ޢަޖަމީންނާ ހަނގުރާމަކުރުން. (ޢަޖަމީންނަކީ ޢަރަބި ނަސްލުނޫންމީހުންނެވެ.)

12. އަމާނާތްތެރިކަން ނެތިދިއުން.

13. ޢިލްމު އުފުއްލެވުމާއި ޖާހިލުކަން ޢާންމުވުން.

14. ފަހުޒަމާނަށް އައިސް ﷲ ތަޢާލާގެ ކޯފާވެވޮޑިގެންވާ ޗާބޫކުތަކެއް އެބައިމީހުންގެ އަތުގައިވާ ބައެއް ފާޅުވުން.

15. ޒިނޭ ޢާންމުވުން.

16. ރިބާ ޢާންމުވުން.

17. މިއުޒިކުސާމާނު ފާޅުވެ، ޢާންމުވުން.

18. ރާބުއިން ޢާންމުވުން.

19. މިސްކިތްތައް ޒީނަތްތެރިކުރުމުގައި އެއްބަޔަކު އަނެއްބަޔަކަށް ވާދަކޮށް ފަޚުރުވެރިވުން.

20. އުސް ޢިމާރާތްތައް ބިނާކުރުމުގައި އެއްބަޔަކު އަނެއްބަޔަކަށް ވާދަކުރުން.

21. އަޅު އަންހެނާ އޭނާގެ ސާހިބުމީހާ ވިހެއުން.

22. ޤަތުލުޢާއްމު ގިނަވުން.

23. ޒަމާން ގާތްވުން.

24. ބާޒާރުތައް ގާތްވުން.

25. އިސްލާމީ އުންމަތުގެ ބަޔަކު މުޝްރިކުންނާގުޅި ބުދަށް އަޅުކަންކުރުން.

26. ފާޙިޝްކަންތައް ޢާންމުވުމާއި، ރަޙިމުގެ ގުޅުންކެނޑުމާއި، އަވައްޓެރިންނަށް ގޯނާކުރުން.

27. ނުރަ ކަޅުކުރުން.

28. ދަހިވެތިކަން ފާޅުވުން.

29. ވިޔަފާރި ޢާންމުވެ ފެތުރުން.

30. ބިންހެލުންތައް ގިނަވުން.

31. ބިންގަނޑު ގަންބަވައިގަތުމާއި، ބައެއްގެ ޞޫރަ ޖަނަވާރުންގެ ޞޫރައަށް ބަދަލުކުރެއްވުމާއި، އުޑުން ހިލައިގެވާރޭ (ޢަޛާބުގެ ގޮތުގައި) ވެއްސެވުން.

32. ޞާލިހު އަޅުތަކުން މަރުވެދިއުން.

33. ޖާހިލުންނާއި ކަމުގެ އަހުލުވެރިނޫންމީހުންނާ މަސްޢޫލިއްޔަތުހަވާލުކުރުން.

34. ސަލާމް އެއީ ހަމައެކަނި ދެކެފަރިތަ މީހުންނަށް ކުރާ އެއްޗަކަށްވުން.

35. ބިދުޢަވެރިންނާއި ރައްޔުގެ އަހުލުވެރިންގެ އަރިހުން ޢިލްމު ޙާޞިލުކުރުން.

36. ޢައްރަނިވާނުކޮށް އޮރިޔާމުން ތިބޭ އަންހެނުންތައް ފާޅުވުން.

37. މުއުމިނު އަޅުތަކުންނަށް ފެންނަ ހުވަފެންތައް ތެދުވުން.

38. ޢިލްމާއި ޢިލްމުގެ ވަޞީލަތްތައް ފެތުރި ޢާންމުވުން.

39. މިސްކިތްތަކަކީ ހުރަސްކުރާ މަގުތަކެއްކަމުގައި ހެދުން.

40. ހަނދު ބޮޑުވުން. (ފުރަތަމަ ރޭގެ ހަނދު އެއީ ދެވަނަ ރޭގެ ހަނދުހެން ހީވުން).

41. ދޮގު ހެދުމާއި ދޮގުވާހަކަތައް ފެތުރުން ޢާންމުވުން.

42. ދޮގުހެކިދިނުމާއި، ޙައްޤު ހެކިބަސް ވަންހަނާކުރުން.

43. އަންހެނުން ގިނަވެ ފިރިހެނުން މަދުވުން.

44. ކުއްލިމަރު ގިނަވުން.

45. އެކަކު އަނެކަކަށް ދެކެފަރިތަކަން ނެތުން.

46. ޢަރަބީންގެބިމުގައި ފެނުގެ ކޯރުތައް އުފެދި، ބިންތަކަށް ފެހިކަން އައިސް ދިރިގެންދިއުން.

47. ވާރޭ ވެހުން އިތުރުވެ، ނަމަވެސް ބިމަށް އޭގެސަބަބުން ދިރުމެއް ނައުން.

48. ފުރާތުކޯރުން ރަނުގެ ފަރުބަދައެއް ފާޅުވުން.

49. ޙައިވާނާއި، އެނޫންވެސް ހިލަގަނޑުފަދަ ތަކެތި އިންސާނުންނާ މުޚާޠަބުކޮށް ވާހަކަދެއްކުން.

50. މުޞީބާތާއި ބަލާބޮޑުވެ މަރަށް އެދުން.

51. ރޯމަނުންގެ އާބާދީ އެއީ އެންމެ ބޮޑު އާބާދީއަށް ވުން.

52. ޤިސްތަންތީނިއްޔާ (ތުރުކީންގެ ވެރިރަށް އިސްތަންބޫލު) ފަތަޙަވުން.

53. މީސްތަކުން އެމީހަކަށް ތަބާވެ ޢަދުލުވެރި ވެރިއެއް ގަޙްތާން ޤަބީލާއިންނިކުތުން.

54. މުސްލިމުން ޔަހޫދީންނާ ހަނގުރާމަކުރުން.

55. މަދީނާއިން ނުބައި ނުލަފާ ފާސިޤުން ބޭރުކުރެއްވުމާއި، މަދީނާ ފަޅުވުން.

56. މުއުމިނު އަޅުތަކުން މަރުގެންނެވުމަށް ރަނގަޅު ވައެއް ފޮނުއްވުން.

57. ގެފުޅު ތަޅާލުން.

ޤިޔާމަތުގެ ބޮޑެތި ޢަލާމާތްތައް:

1. މަހުދީގެފާނު ފާޅުވުން.

2. ދައްޖާލު ފާޅުވުން.

3. ޢީސާގެފާނު ފައިބާވަޑައިގަތުން.

4. ޔައުޖޫޖު މައުޖޫޖު ބާގައިމީހުން ފާޅުވުން.

5. ބިންގަނޑު ގަންބަވައި ގަތުމުގެ ތިން ޙާދިސާ ހިނގުން. (މިތިން ޙާދިސާހިނގާނީ ދުނިޔޭގެ އިރުމަތީގައާއި، ހުޅަނގުގައާއި، ޖަޒީރަތުލްޢަރަބުގައެވެ.)

6. ދުންގަނޑެއް ފާޅުވުން.

7. ހުޅަނގުފަރާތުން އިރުއެރުން.

8. ދާއްބައެއް ފާޅުވުން.

9. މީސްތަކުން މަޙްޝަރުކުރާނެ އަލިފާންގަނޑެއް ފާޅުވުން.

______________________

* މަރުޖިޢު: أشراط الساعة – يوسف بن عبدالله بن يوسف الوابل.

The Reason for the Revelation of this Surah and its Virtues

Imam Ahmad recorded from Ubayy bin Ka`b that the idolators said to the Prophet , “O Muhammad! Tell us the lineage of your Lord.” So Allah revealed

(قُلْ هُوَ اللَّهُ أَحَدٌ - اللَّهُ الصَّمَدُ -

لَمْ يَلِدْ وَلَمْ يُولَدْ - وَلَمْ يَكُنْ لَّهُ كُفُواً أَحَدٌ )

(1. Say: “He is Allah”) (2. “One”.) (3. “He begets not, nor was He begotten”.) (4. “And there is non comparable to Him.”) Similar was recorded by At-Tirmidhi and Ibn Jarir and they added in their narration that he said,

(الصَّمَدُ)

(As-Samad) is One Who does not give birth, nor was He born, because there is nothing that is born except that it will die, and there is nothing that dies except that it leaves behind inheritance, and indeed Allah does not die and He does not leave behind any inheritance.

(وَلَمْ يَكُنْ لَّهُ كُفُواً أَحَدٌ )

(And there is none comparable to Him.) This means that there is none similar to Him, none equal to Him and there is nothing at all like Him.” Ibn Abi Hatim also recorded it and At-Tirmidhi mentioned it as a Mursal narration. Then At-Tirmidhi said, “And this is the most correct.”

Al-Bukhari reported from `Amrah bint `Abdur-Rahman, who used to stay in the apartment of `A’ishah, the wife of the Prophet , that `A’ishah said, “The Prophet sent a man as the commander of a war expedition and he used to lead his companions in prayer with recitation (of the Qur’an). And he would complete his recitation with the recitation of `Say: He is Allah, One.’ So when they returned they mentioned that to the Prophet and he said,

«سَلُوهُ لِأَيِّ شَيْءٍ يَصْنَعُ ذَلِكَ؟»

(Ask him why does he do that.) So they asked him and he said, `Because it is the description of Ar-Rahman and I love to recite it. So the Prophet said,

«أَخْبِرُوهُ أَنَّ اللهَ تَعَالَى يُحِبُّه»

(Inform him that Allah the Most High loves him.)” This is how Al-Bukhari recorded this Hadith in his Book of Tawhid. Muslim and An-Nasa’i also recorded it. In his Book of Salah, Al-Bukhari recorded that Anas said, “A man from the Ansar used to lead the people in prayer in the Masjid of Quba’. Whenever he began a Surah in the recitation of the prayer that he was leading them, he would start by reciting `Say: He is Allah, One’ until he completed the entire Surah. Then he would recite another Surah along with it (after it). And used to do this in every Rak`ah. So his companions spoke to him about this saying; `Verily, you begin the prayer with this Surah. Then you think that it is not sufficient for you unless you recite another Surah as well. So you should either recite it or leave it and recite another Surah instead.’ The man replied, `I will not leave it off. If you want me to continue leading you (in prayer), I will do this; and if you all do not like it, I will leave you (i.e., I will stop leading you).’ They used to consider him to be of the best of them to lead them in prayer and they did not want anyone else to lead them other than him. So, when the Prophet came they informed him of this information and he said,

«يَا فُلَانُ، مَا يَمْنَعُكَ أَنْ تَفْعَلَ مَا يَأْمُرُكَ بِهِ أَصْحَابُكَ، وَمَا حَمَلَكَ عَلَى لُزُوم هَذِهِ السُّورَةِ فِي كُلِّ رَكْعَةٍ؟»

(O so-and-so! What prevents you from doing what your companions are commanding you to do, and what makes you adhere to the recitation of this Surah in every Rak`ah) The man said, `Verily, I love it.’ The Prophet replied,

«حُبُّكَ إِيَّاهَا أَدْخَلَكَ الْجَنَّة»

(Your love of it will cause you to enter Paradise.) This was recorded by Al-Bukhari, with a disconnected chain, but in a manner indicating his approval.

ލޭގެ ތިކިތައް ބިންމަތީ… ދޭ އެއަނިޔާ ލޯމަތީ…

އިސްލާމީ ގިނަގައުމުތަކުން ވަނީ އަމާންކާމާއި ހަމަހިމޭންކަން ފޮހެލާފައެވެ. އިވެމުންދަނީ ބަޑީގެ އަޑާއި ރޮކެޓް ހަމަލާތަކުގެ އަޑެވެ. އިވެމުންދަނީ ތުއްތު ޅަދަރީންގެ ރުއިމުގެ ވޭނީ އަޑުތަކެވެ. އިވެމުންދަނީ މަދަދާއި ޙިމާޔަތަށް އެދި ގޮވަމުންދާ އަޑުތަކެވެ. މިއީ މިއަދު މުސްލިމުންގެ ޙާލަތެވެ. ފަލަސްޠީން، ސީރިޔާ، ބުރުމާ، އަފްޤާނިސްތާން، އިރާޤު، ޝީޝާން ފަދަ އެތައް ބިމެކެވެ. މުސްލިމް އަޚުންނާއި އުޚުތުންނަށްވަނީ ނިކަމެތިކަމުގެ މައްޗަށް ނިކަމެތިކަން ލިބިފައެވެ. އެބައިމީހުންގެ ބިމާއި، މުދަލާއި، ފުރާނަ އެވަނީ އެބައިމީހުންގެ އަތުން ފޭރިގަނެފައެވެ. ކޮންބައެއްތޯއެވެ؟ އާއެކެވެ. އަބަދުވެސް މުސްލިމުންގެ ލެޔަށް ފެންބޮވައިގެނެފައިވާ ޔާހޫދީންނާއި ނަޞާރާއިންނާއި އެބައިމީހުންގެ އައުވާނުންނެވެ.

އެއްދުވަސްވަރެއްގައި ދުނިޔޭގައި އޯގާތެރިކަމާއި ޢަދުލުވެރިކަމާއެކު ވެރިކަންކުރަމުން އައި މުސްލިމުން މިއަދު މިފަދަ ޙާލަތަކަށް މިދިޔައީ ކީއްވެތޯއެވެ؟  ބަލިވެ ނިކަމެތިމިވީ ކީއްވެތޯއެވެ؟ ޝައްކެއްނެތްގޮތުގައި މި ސުވާލުގެ ޖަވާބަކީ އޯގާތެރިކަމާއި ޢަދުލުގެ ވެރިޔާ، މަތިވެރި ޝަޙްޞިއްޔަތުގެ ގޮތް އަޅުގަނޑުމެން ދޫކޮށްލުމެވެ. އެމަތިވެރި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އިރުޝާދުތައް ދޫކޮށްލައި ދުނިޔޭގެ ހެއްލުމަށް ތަބާވެ އެނަޞާރާއިންނާއި ޔަހޫދީން ދައްކަމުންގެންދާ އަވާމެންދުރު މާ ރީތިކަމުގައި ހީކުރުމެވެ. “އެއް މުސްލިމަކީ އަނެއް މުސްލިމެއްގެ އަޚެއްކަމުގައި” ޙަދީޘްކުރެއްވި ބަސްފުޅާމެދު އަޅުގަނޑުމެން ފަރުވާކުޑަކުރުމުގެ ނަތީޖާއެވެ. “މުސްލިމުންގެ މިޘާލަކީ އެއް ހަށިގަނޑެއްގެ މިޘާލުކަމުގައި” ޙަދީޘްކުރެއްވި ބަސްފުޅު ބޮލައިލާ ޖަހާފައިވުމުގެ ނަތީޖާއެވެ. “ތިބާގެ އަމިއްލަ ނަފުސައް އެދޭ ހޮޔޮ ރަނގަޅުގޮތް އަނެއް މުސްލިމް އަޚާއަށް އެދުމުން ނޫނީ އީމާންކަން ފުރިހަމަ ނުވާނެކަމަށް” ޙަދީޘްކުރައްވައި ދެއްވި ނަޞޭޙަތުގައި ހިފުމަށް ފަސްޖެހުމުން ނިކުތް ނަތީޖާއެވެ. ފުރިހަމަ ބުއްދިއަކުން ވިސްނާލުމުން ތިބާއަށްވެސް ލިބޭނެ ޖަވާބަކީ މިއީއެވެ.

މިއަދު މުސްލިމުން މަދީތޯއެވެ! މުސްލިމްގެ ވެރިންނާއި ޤައުމުތައް މަދީތޯއެވެ! ނޫނެކެވެ. ނަމަވެސް މިއަދު މުސްލިމުން ﷲ ގެ ވަޙީބަސްފުޅުގައިވާ ގޮތާ ޚިލާފުވެއްޖެއެވެ. “ތިޔަބައިމީހުން އެންމެން ﷲ ގެ ވާފަށުގައި ވަރުދަޔަށް ހިފަހައްޓައި، ބައިބައިވެގެން ނުދާށޭ” ވަޙީކުރެއްވި ބަސްފުޅާ ޚިލާފުވެއްޖެއެވެ. ދުނިޔޭގެ ފޮނި މީރުކަމަށް ހެއްލި މަރުގެ ކުރިމަތީ ފިނޑިބަޔަކަށްވެއްޖެއެވެ.

މިއަދު މުސްލިމު ވެރިންގެ މިސާލަކީ، ނުވަތަ މުސްލިމު ޤައުމުތަކުގެ މިސާލަކީ، ނުވަތަ މުސްލިމު ފަރުދުންގެ މިސާލަކީ ގެނބެމުންދާ މީހާ ގެނބެން ދޫކޮށްލުމެވެ. “އާނ ދެން އަހަރެންނަށް ހެޔޮތާއޭ… އަހަރެން ދެން ކުރާނީ ކީއްތާއޭ… ތިމަންނައަށް އުފަލާއި މަޖަލުގައި އެބަ ދިރި އުޅެވޭވިއްޔާއޭ…” ހިތައި މަޑުމަޑުން ހަރުތަކުގައި ވާކަމަކަށްވެސް ނުހަދާ ތިބުމެވެ. ނަމަވެސް އޭ އަޚާއެވެ. އޭ އުޚްތާއެވެ. ބުނެލަންހެއްޔެވެ! ތިބާ ހީކުރަނީ ތިބާއަށް ތިގޮތުގައި ހަމަޖެހިލައިގެން ހުރެވޭނެކަމަށްތޯއެވެ؟ ނޫނެކެވެ. ތިބާ ކިތަންމެ ފިލާ އޮތަސް އެ ކާފަރުން ފަހަރަކު މުސްލިމުންގެ ބިމެއް ފޭރެމުން އައިސް ފެންނާނީ ތިބާގެ ބިމަށްވެސް އަރާތަނެވެ. އެދުވަހުން ހަތަރުފަރާތަށް ބަލާލުމުން ތިބާއަށްވެސް ފެންނާނީ ހަމަ މިއަދު މުސްލިމް އަޚުންނާއި އުޚުތުން އެ ތަހަންމަލުކުރަމުންދާ ވޭނާއި ކެކުޅުމެވެ. އިތުރު މަންޒަރެއް ނުފެންނާނެއެވެ.

“އަހަރެންނަކީ އެންމެ ފަރުދެކެ… އަހަރެންނަށް ކުރެވޭނީ ކޮންކަމެއްތޯއެވެ؟” މިސުވާލު ނުއުފައްދާށެވެ. އެހެނީ ތިބާއަށްވެސް ފަރުދެއްގެ ޙައިޞިއްޔަތުން ކުރެވޭނެ އެތައްކަމެއްވެއެވެ. ތިބާ ތީ އެންމެ ފަރުދެކެވެ. ދެން އަނެއް ފަރުދެވެ. އެމީހަކަށް ކުރެވޭފެންވަރުން މުސްލިމު އުންމަތަށްޓަކައި ކަމެއްކޮށްދޭނަމަ މުސްލިމު އުންމަތުގެ ހުރިހާފަރުދުންގެ މަސައްކަތުން އުންމަތް ކޮޅަށް ނެގޭނެއެވެ. ތިބާ ފަރުޟު ފަސްނަމާދުކޮށް ތިބާގެ މަންމަޔަށް، ބައްޕަޔަށް، އަނބިދަރީނަށް ހެޔޮގޮތް މިންވަރުކުރެއްވުމަށް ﷲގެ ޙަޟުރަތުގައި ދުޢާ ދަންނަވަމުންދާއިރު، ތިބާގެ އަޚުންނާއި އުޚުތުންގެ މަތިން ހަނދާން ނައްތާލަނީތޯއެވެ؟ ހަމަ ތިބާއަށްވެސް އެފަދަ ދުވަހެއް އައުން ދުރުކަމުގައި ނުދެކޭށެވެ.(ﷲ އެފަދަ ގޮތެއް މިންވަރު ނުކުރައްވާށި.) ތިބާ ގޭގައި އަރާމު އެނދުގައި ނިދައި ﷲ ދެއްވި ރިޒުޤުން ކައި ހަދަމުން ދާއިރު ތިބާފަދަ މުސްލިމުންތަކެއް ވޭނާއި ކެކުޅުމުގައި ވާކަމުގައި ހަނދާންނައްތާ ނުލާށެވެ. ތިބާގެ ރަޙްމަތްތެރިންނާއި، އަނބިދަރިންނާއިއެކު ހީ ސާމަކޮށް ހަދަމުން ދާއިރު ތިބާގެ މުސްލިމު އަޚުންނާއި އުޚުތުން އަދި ތުއްތު ދަރިންގެ ވޭނީ ކެކުޅުމާއިމެދު ތިބާ ޣާފިލުނުވާށެވެ. ފުރާނަ އަތްމައްޗަށްލައިގެން މަރުގެ އިންތިޒާރުގައި ކާނެ، ބޯނެ އެއްޗެއްނެތި އެ މުސްލިމު ކުޑަކުދިންތައް އެތިބެނީ ބިރުވެރިކަމުން ފުރިފައެވެ. ބައްޕަގެ ނުވަތަ މަންމަގެ މަރުވެފައިވާ މަސްގަނޑަށް ބަލަބަލައެވެ. އެއް އިރެއްގައި އެއީވެސް ހަމަ ތިބާގެ ކުދިކުދި ދަރިން މިހާރު އުފާކުރާ ފަދައިން އުފާކުރަމުން އައި ކުދިބަޔެކެވެ. އޭ އަޚާއެވެ! މުސްލިމު އުޚުތުންނަކީ އިސްލާމީ އުންމަތުގެ ރަންމުތްތައްކަމުގައި ތިބާ ބުނަމުއެވެ. އެ މުސްލިމް އުޚުތުން އެވަނީ ބަލަހައްޓާނެ ވެރިފަރާތެއް ނެތި، އެ އުޚުތުންގެ ބައްޕަ ނުވަތަ ބޭބެ ނުވަތަ ފިރިމީހާ ވަކިވެ ގޮސްފައެވެ. އެފަދަ ބޮޑު ނިކަމެތިކަމަކަށްވުރެ ބޮޑު ނިކަމެތިކަމެއް ވަކިން ކޮބއިތޯއެވެ!

އެ މުސްލިމުންނަށްޓަކައި އެންމެ ކަރުނަމެއްނަމަވެސް ތިބާގެ ލޮލުން އޮހޮރާށެވެ. “މުސްލިމުންގެ މިސާލަކީ އެއްހަށިގަނޑެއްގެ މިސާލުކަމާއި، އެއް މުސްލިމެއްގެ ގައިގައި އަޅާ ވޭނާ ކެކުކުޅުމަކީ، އަނެއް މުސްލިމެއްވެސް ތަޙައްމަލު ކުރާނެ އެއްޗެއްކަމުގައި” ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވި ބަސްފުޅު ހަނދާނުން ފޮހެ ނުލާށެވެ!

އޭ އަޚާއެވެ! އޭ އުޚުތާއެވެ! ފަލަސްޠީން، ސީރިޔާ، ޢިރާޤް، ބުރުމާ ފަދަ ޤައުމުތަކުގައި އަނިޔާ ލިބެމުންދާ މުސްލިމުންނަށްތަކައި ހެޔޮ ދުޢާކޮށްދޭށެވެ! އެބައިމީހުންނަށް ކެތްތެރިކަންދެއްވައި، އެބައިމީހުންގެ ތެރެއިން ﷲ ގެ މަގުގައި ޖިހާދުކުރާ މުޖާހިދުންނަށް ސާބިތުކަންދެއްވުން އެދި ދުޢާކޮށްދޭށެވެ.

އޭ ހައްދަވައި ގެންގުޅުއްވާ މަތިވެރި އިލާހު، އަނިޔާ ލިބެމުންދާ އެންމެހާ މުސްލިމުން އެއަނިޔާވެރިކަމުން ސާލަމަތްކުރައްވާ އިބަ އިލާހުގެ އަދުއްވުން ބަލިކުރައްވާނދޭވެ!

ޖެހި އެތައް ވަޒަނެއް ގަޔަށް… ހެރި އެތައް ހަންޖަރު މެޔަށް… މެރި ކިތަންމެ ފުރާނައެއް އެނގި މިހެން ތިބެވޭނެތޯއެވެ؟؟؟؟

To Tumblr, Love Pixel Union